ވަޒީފާ ގެއްލިފައިވާ މީހަކު އޭނާގެ އަނބިމީހާއާ 5 ކުދިން މަރއިާލަފި

ެ.
އެމެރިކާގެ ލޮސް އެންޖަލިސްގެ މީހަކުއޭނާގެ އަނބި މީހާއާ 5 ކުދިންގެ ގަޔަށް ބަޑިޖެހުމަށް ފަހު އަމިއްލައަށްމަރުވެއްޖެއެވެ. އޭނާ މަރުވުމުގެ ކުރިން އޭނާ ވަނީ ޓީވީ ސްޓޭޝަނަކަށް ފޮނުވި ފެކްސްއެއްގައި އޭނާ އާ އޭނާގެ އަނބިމީހާ ލޮސް އެންޖަލިސްގެ ކެއިސަރޕާމަނެންޓް މެޑިކަލް ސެންޓަރ ހޮސްޕިޓަލުގައި އަދާކުރަމުންދިޔަ ވަޒީފާގެއްލިފައިވާކަމާ އަދި އެމީހުންނަށް ދިރިއުޅުމުގެ އެހެން ޙައްލެއްފެނިފައި ނުވާކަމަށް ބުނެފައެވެ. އޭނާގެ ފެކްސް ނޯޓުގައި ބުނެފައިވާގޮތުންއޭނާއާ އޭނާގެ އަނބިމީހާ އެދެމީހުންގެ 5 ކުދިން މަރާލަންނިންމާފައިވާކަމަށެވެ.

އެދެމީހުން މަސައްކަތްކުރިހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އާރވިން ލުޕޯ އާ އަނާލުޕޯ އެތާގައިވަޒީފާ އަދާކޮށްފައިވާކަމަށާ ދެމީހުންނަކީވެސް ޓެކްނީޝަނުންގެ ވަޒީފާއަދާކުރި މީހުންކަމަށެވެ. އާރވިން އާ އަނާގެ ކުދިން ކިޔެވި ކްރެސެންޓްހައި އިލެމެންޓްރީ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިގޮތުގައި އާވިން އޭނާގެ3 ކުދިން ސްކޫލުން ކަނޑާލާފައިވާކަމަށާ އޭނާ ބުނި ގޮތުގައި އެ އާއިލާކަންސަސް އަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާކަމަށެވެ.

އާރވިންނޯޓު ފޮނުވި ޓީވީ ސްޓޭޝަންކަމަށްވާ ކޭއޭބީސީ ޓީވީ އިން ވަނީ މިކަންވަގުތުން ފުލުހުންނަށް އަންގާފައިވާކަމަށެވެ. ފުލުހުން ހާމަކުރި ގޮތުގައިމީހަކު ފުލުހުންނަށް ފޯނުކޮށްފައި އޭނާ ގެއަށް އަތުވެއްޖެކަމަށާ އަދިއަންހެނުންނާ ކުދިން މަރާލައިފައިވާކަމަށް ބުނެފައިވާކަމަށެވެ. ފުލުހުންގެޓީމުން އެގެއަށް ދިޔައިރު މުޅި ޢާއިލާ މަރާލުމަށްފަހު އާރވިންވެސްމަރުވެފައިވާކަމަށެވެ. ފުލުހުން ހާމަކުރި ގޮތުގައި އާރވިން ފޮނުވިނޯޓުގައި ދެމީހުން އެ ގަތުލުކުރަން ރާވައިފައި ވީނަމަވެސްބަޑިޖަހާފައިވަނީ އާރވިންއެވެ. އަނާ އާ އެދެމީހުންގެ އެއްމާބަނޑު 2އަހަރުގެ ދެއަންހެންކުދިންގެ ހަށިގަނޑު ފެނިފައިވަނީ ގޭގެ މަތީބުރީގެކޮޓަރިންނެވެ. އަދި 8 އަހަރުގެ އަންހެންކުއްޖާއާ 5 އަހަރުގެ އެއްމާބަނަޑުދެ އަންހެންކުދިންގެ ހަށިގަނޑު އާރވިންގެ މަރުވެފައިވާ ހަށިގަނޑުގެކައިރީގައެވެ. އާރވިންގެ މަރުވެފައިވާ ހަށިގަނޑުގެ ކައިރީގައި އޭނާބޭނުންކުރި ރިވޯލްވަރުވެސް އޮތްކަމަށް ފުލުހުން ހާމަކުރިއެވެ. މުޅިންވެސްއަންހެންކުދިން ހިމެނޭ މިޢާއިލާގައި 4 އެއްމާބަނޑު ކުދިން ހިމެނެއެވެ.

މިއީ މިއަހަރުގެ ތެރޭގައި ދެކުނު ކެލިފޯނިޔާގައި ހިނގި މިފަދަ 5 ވަނަ މަރުގެ ހާދިސާ ކަމުގައިފުލުހުން ހާމަކުރެއެވެ.