ދިވެހި ސަރުކާރުން އެއްވެސް ހައްޤަކާ ނުލައި ރާއްޖެ އިސްލާމް ވެބްސައިޓް ބްލޮކް ކޮށްލާފި

ދިވެހި ސަރުކާރުން އެއްވެސް ހައްޤަކާ ނުލައި ރާއްޖެ އިސްލާމް ވެބްސައިޓްwww.raajjeislam.com

ބްލޮކް ކޮށްލާފިކަމަށް މުޢުތަބަރު ފަރާތަކުން ޚަބަރު ލިބިއްޖެ އެވެ. ކުރީގެ ސަރުކާރާއި އަދި މިހާރުގެ ސަރުކާރުގެވެސް އުޅުއްވަމުންގެންދަވާ އަދި ރާއްޖޭގެ ހުރިހާ ދީނީ ޢިލްމްވެރިންގެ ލިޔުންވުންތަކާއި އަދި ހުއްދަ ލިބިފައިވާ ދީނީ ޢީލްމުވެރިން ދެއްވާފައިވާ ދީނީ ދަރުސް ތައް ވެސް ވަރަށް ފުރިހަމަ އަށް ގެނެސް ދެމުން އަންނަ މި ވެބްސައިޓަކީ ރާއްޖޭގެ ރައްޔިތުން ނަށް ފުރިހަމަ ގޮތުގައި ދީނީ މަޢުލޫމާތު ފޯރުކޮށް ދެމުން އަންނަ ވެބްސައިޓެކެވެ. އަދި އިސްލާމީ އުއްމަތުގެ ބޮޑެތި ޢިލްމު ވެރިން ދެއްވާފައި ވާ ފަތުވާ ތަކާއި މިޒަމާނުގެ ޢިލްމުވެރިންގެ ތަޤްރީރުތައްވެސް ގެނެސްދީފައި ވެއެވެ. އަދި އިސްލާމް ދީނާއި ޚިލާފް އެއްވެސް ވާހަކަ އެއް މިވެބްސައިޓްގައި ހިމަނާފައެއް ނުވެއެވެ.  އަދި ލާދީނީ ވާހަކަ އެއް ހިމެނިފައިވާނަމަ އިސްލާހުކުރުމަކަށްވެސް އަންގާފައެއް ނުވެއެވެ. އެހެން ކަމުން ފިޤުހް އެކަޑަމީގައިވެސް ހިމެނޭ ގިނަ ޢިލްމުވެރިން ތަކެއްގެ ދީނީ ތަޤްރީރުތަކާއި ލިޔުންވުންތައް ވެސް ހިމެނޭ މި ވެބްސައިޓް އެއްވެސް ހައްޤަކާނުލައި ސަރުކާރުން ބްލޮކް ކޮށްލުމަކީ ވަރަށް ބޮޑު ޖަރީމާއެކެވެ.

މަޢުލޫމާތު ލިބިފައި ވާ ގޮތުގައި މި ޖަރީމާ ހިންގުމުގައި އިސްލާމީކް މިނިސްޓްރީގެ ފުރިހަމަ އަތެއްވެއެވެ. ސަބަބަކަށް ވެފައި ވަނީ ދާދި ފަހުން ށ.ފޯކައިދޫގައި ހިނގި ޤުނޫތު މައްސަލައިގެ ތާޒާ ޚަބަރުތައް ތެދައް މިވެބްސައިޓްގެ ފަރާތުން ގެނެސް ދިނުމެވެ. އެ ގޮތުން ފޯކައިދޫ މިސްކިތުގެ އިމާމްގެ އިންޓަވިއުތައް ބަރާބަރަށް ގެނެސް ދިނުމާއި ސްޓޭޓް އިސްލާމިކް މިނިސްޓަރ ޝަހީމް އެރަށައްގޮސް ދައްކާފައި ހުރި ދެކޮޅު ނުޖެހޭ ވާހަކަ ތައް މި ވެބްސައިޓްގައި ހާމަ ކޮށްފައި ވެއެވެ.

ފޯކައިދޫ އިމާމްގެ އިންޓަވިއުގައި ޝަހީމް އޭނާއާއި ދެއްކި ވާހަކަ ތައް ބަޔާން ކޮށްފައި ވެއެވެ. އެ ވާހަކަ ތަކުގެ ތެރޭގައި ، ފޯކައިދުއަށް މިވަނީ މުސީބާތެއް ޖެހިފައިކަމާއި ، އެހެން ކަމުން ކޮންމެ ނަމާދެއްގައި ވެސް މުސީބާތުގައި ކިޔާ ޤުނޫތުއްނާޒިލާ ކިޔުމަށް އިމާމަށް އެންގިކަމަށް ވެއެވެ. އަދި ކިޔަން ޖެހެނީވެސް ޝަހީމް ބުނާ ގޮތަށެވެ. ނަމަވެސް މީ ޝަހީމް ދެއްކި ވަރަށް ދެކޮޅުނުޖެހޭ ވާހަކަ އެކެވެ.

ހަޤިޤަތުގައި މި މައްސަލަ ޖެހުނީ ބަޔަކު ދާއިމީ ގޮތެއްގައި ޤުނޫތު ކިޔަން ބޭނުން ވާތީ އެވެ. ނަމަވެސް މީ ދީނުގައި އޮންނަގޮތެއްނޫނެވެ. އެކަން އިމާމް މީހާއަށް އެނގޭތީ އޭނާ އެގޮތަކަށް ކަންތަކެއްނުކުރެއެވެ. އެކަން ޝަހީމަށްވެސް އެނގެއެވެ. މީ ޤުނޫތުގެ މައްސަލަ އެކެވެ. އަޤީދާގެ މައްސަލަ އެކެވެ. ޝަހީމް ބުނާ މުސީބާތް ޖެހުމުން ޤުނޫތު ކިޔަން ފަށާއިރަށް މުސީބާތް ފިލާދާނެއެވެ. ސަބަބަކީ މިއީ ޤުނޫތު ނުކިޔާގެން ދިމާވި މުސީބާތެކެވެ. މުސީބާތް ފިލާދިޔުމުން ހުއްޓާލަން އެންގިޔަސް ޤުނޫތު ހުއްޓާލާއިރަށް މުސީބާތް ޖެހޭނެއެވެ. ސަބަބަކީ މިއީ ދާއިމީ ގޮތެއްގައި ޤުނޫތު ނުކިޔާގެން ދިމާވާ މުސީބާތެކެވެ. މިއީ ހަޤީޤަތުގައި މުސީބާތެއްނޫނެވެ. މިއީ ޖާހިލް ކަމެވެ. މިކަން ހައްލު ކުރަން ޢިލްމަށް ޢަމްލު ނުކުރާ މީހުން މީސްތަކުންނާއި ބައްދަލު ކުރަން ނުގޮސް އިތުބާރު ހިފޭ ޢިލްވެރިން ރައްރަށަށް ފޮނުވާ ހަޤީޤަތް ހާމަކޮށްދޭން ޖެހެއެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ، މީހުންގެ އަބުރާބެހެމުންދާ އަދި ކްރިސްޓިއަންދީންފަތުރަން މަސައްކަތް ކުރާ އަދި ތަފާތު އޮރިޔާ މަންޒަރުތައް ހުންނަ ވެބްސައިޓްތައް ފާޅު ގާ ބެލެން ހުއްޓާ މިފަދަ ގޮތަކަށް މި ވެބްސައިޓް ބލޮކް ކޮށްލުމަކީ ހަޤީޤަތުގައި ވެސް ބަޔަކަށް ދީނާ ދެކޮޅަށް ހިންގޭނެ ބޮޑު ވެގެންވާ ޖަރީމާއެކެވެ. އިސްލާހު ކުރުމުގެ ނަމުގައި ފަސާދަ ކުރަން ނޫޅޭށެވެ. ބާރު ލިބުމުން ބޮޑާވެ ގަތުމުގެ ބަދަލުގައި ޙިކްމަތްތެރި ކަމާއެކު ކަންކަން ކުރާށެވެ.

ނިމުނީ