ހައްޤްބަސް ނުބުނުމުގެ ސަބަބުން ﷲ ސުބްޙާނަހު ވަތަޢާލާ، ސްޓޭޓް މިނިސްޓަރ ޝަހީމް ފަޟީހަތް ކުރައްވަނީ
ކުރީގެ ސަރުކާރުން ޤުނޫތު ދާއިމީ ގޮތެއްގައި ކިޔުމަށް ހަމަ ޖައްސާފައި އޮންނާތީ ޝަހީމުމެން
ސަރުކާރަށް ވަރަށް ފާޑުފާޑުގެ ބަސްތައް ރައްދު ކުރަމުން ދިޔައެވެ. އެގޮތުން ދާއިމީ ގޮތެއްގައި
ޤުނޫތު ކިޔުމަކީ ދީނުގައި އެއްވެސް ވަރަކަށް ސާބިތު ވާން އޮތްކަމެއް ނޫންކަން މީސް
ތަކުންނަށް ހާމަ ކޮށްދެމުން ދިޔައެވެ. ސުންނަތުން ސާބިތުވާ ގޮތުގައި ދީނުގައި ނެއްކަމެއް ،
ދިނީ ކަމެއްގެ ގޮތުގައި ހިފައިފި ނަމަ އެއީ ކަނޑައެޅިގެން ބިދުޢައެކެވެ. ޤުނޫތު ދާއިމީ ގޮތެއްގައި
ކިޔުމަކީ ކަމެއް އަލަށް އުފެއްދުން ކަން ޝަހީމްގެ ވާހަކައިގެ ފަހު ބައިން ވަރަށް ރަނގަޅަށް
އެނގިގެން ދެއެވެ.
ނަމަވެސް ފަހުގެ އިތުބާރުހުރި ބޮޑަތި ޢިލްމުވެރިންގެ ތެރެއިން ބިންބާޒް ރަހިމަހުﷲ
ދާއިމީގޮތެއްގައި ޤުނޫތު ކިޔުމަކީ ބިދްޢައެއްކަމަށް ދެއްވާފައިވާ ފަތުވާ ގެ ދިވެހި ތަރުޖަމާ ރާއްޖެ
އިސްލާމް ވެބްސައިޓްގާ ޝަޢިޢު ކޮށްފައި ވުމާއި އަދި އަޑު ހަރުކޮށް ބިސްމި ކިޔުމަކީ
ސުންނަތާ ދުރުގޮތްކަމަށް ބަޔާން ކޮފައިވާތީ ، އެއީ ދީނީ ބައިބައި ވުން އުފެއްދުން ކަމަށްބުނެ
އިސްލާމިކް މިނިސްޓްރީން ވަނި ރާއްޖެ އިސްލާމް ވެބްސައިޓް ބްލޮކް ކޮށްލާފައެވެ. ޝަހީމްގެ
ގެ ވާހަކަ ހަވީރު ނޫހުގައި ޝާޢިޢު ކޮށްފައި ވެއެވެ. ( އަޑުހަރުކޮށް ބިސްމި ކިޔުމަކީ
ސުންނަތާއި ދުރުގޮތޭ ކޮން ސަލަފެއް އެމީހުން ކައިރީ ބުނީ! އެ ވެބްސައިޓްގައި ހުރި
އެއްޗެހިތަކުގެ ވާހަކަ އަޅުގަނޑު މިދައްނަވަނީ ! އެ ފަތުވާތައް އެއީ ކިހާ މުޢުތަބަރު ފަތުވާ
ތަކެއް؟ ދާއިމީ ގޮތެއްގައި ޤުނޫތު ކިޔުމަކީ ބިދުޢައެކޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟ ފުރެދުން
ހުރި ބިދުޢައެކޭތަ އެމީހުން އެބުނަނީ؟ ) – މީ ޝަހީމް ނޫސް ކޮންފަރެންސްގައި ދެއްކި
ވާހަކަ އެވެ. ނަމަވެސް ޝަހީމް ކުރީގައި ދައްކާފައިވާ ވާހަކަ އިންވެސް އެނގެނީ އެއީ
ބިދްޢައެއް ކަމެވެ. އެހެން ކަމުން މިހާރުގެ އިސްލާމޮކް މިނިސްޓްރީން ރާއްޖެ އިސްލާމް
ވެބްސައިޓް ބްލޮކް ކޮށްފައި ވަނީ ޒާތި ކަމެއްގައި ކަންދޭހަ ވެއެވެ. ސްޓޭޓް އިސްލާމިކް
މިނިސްޓަރ ކޯފާ ވެފައިވަނީ ، ޖަމިއްޔަތުއްސަލަފްގެ ރައިސް ޝެއިޚް ޢަބްދުﷲ އަށް ފިޤުހު
އެކަޑަމިގެ މެންބަރަކަށް ވުމަށް މިނިސްޓްރީން ދަޢުވަތު ދިނުމުން ޝެއިޚް ޢަބްދުﷲ އިންކާރު
ކުރުމުންކަމަށް ވާހަކަ ދެކެވެއެވެ. ސަބަބަކަށް ވަނީ މުރުތައްދު ވުމާއި ބެހޭ ގޮތުން އިސްލާމް
ދީނަށް ފުރައްސާރަ ރައްދުވާ ގޮތަށް ދިނާ ޚިލާފް ވާހަކަތަކެއް ހިމަނައިގެން ފޮތެއްލިޔެފައިވާ
ބޭފުޅަކާއި ، އިސްލާމީ އުސޫލާއި ޚިލާފަށް އަންހެނުންނަށް ޣާޒިކަން ދިނުމަށް ފައި ނަގާފައިވާ
ބޭފުޅަކު އެ އެފަދަ އެކަޑަމީ އެއްގައި ހިމަނާފައި ވުމުން ކަމަށް މަޢުލުމާތު ލިބިފައި ވެއެވެ. އަޑު
ހަރުކޮށް ބިސްމި ކޔުމަކީ ސުންނަތާއި ދުރު ގޮތް ކަމަށް ދީނީ ނިއުސް ޑޮޓް ކޮމް
www. Dheenee-news.com
ގައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް އަދިވެސް ބްލޮކެއް ނުކުރެއެވެ.
ނަމަވެސް ރާއްޖެ އިސްލާމް ޑޮޓް ކޮމް އަކީ އިހައްދުވަހު އުފަނވި ވެބްސައިޓެކެވެ. މިއިން ވެސް
އެނގެނީ މިއީ ޒަތީ ކަމެއް ކަމެވެ.
މަޤާމާއި ބާރު ލިބުމުން މިފެންނަނީ ޝަހީމްގެ ބަސް އެނބުރިގެން ދާތަނެވެ. ނަތީޖާއެއްގެ ގޮތުން
ފަޟީހަތްވަނީ އެވެ.
ވިޑިއޯ ބައްލަވާ ލައްވާ