ޤިޔާމަތް ދުވަސް

އެންގެވި އިލާހު ސަލާމަތްކުރަން ނަފްސާއި އަހުލުން ނަރަކައިން

ދެއްނެވި މިކަމުގާ ފަސްނުޖެހެމާ ބިރުވެރި އެއީ ބޮޑު ދުވަހެކޭ 

 

މަންފާ ނުމެކުރޭ އެދުވަހުން މުދަލާ ދަރީންގެ ގިނަކަމުން

ދަންނާށެ ސަލާމަތް ހިތަކާއިގެން އައުމުން އޮތީ ހިތްހަމަޖެހުން

 

މައިނާ ބަފައިން ދާނޭ ދުރަށް ވިސްނާބަލާ އަޚްނޭ ނިކަން

އަނބިނާ ދަރިންވެސް އެދުވަނީ ދުވަހުގެ ނުރައްކާ ބޮޑުކަމުން

 

ކިރުމައިން ހަނދާންނެތި ދެއޭ ކިރުދޭ އެލޮބުވެތި ދަރިފުޅުމަތިން

ހިތްނޭދުނަސް ވެއްޓޭނެއޭް ބަނޑުގައި އެވާ ދަރިފުޅު ޔަޤީން

 

އެދުވަހުގެ ބިންހެލުމަކީ ބިރުވެރި ނުލާހިކު ސުންޕާ ބޮޑުކަމެއް

ތެޅިފޮޅިއެވާއިރު މީސްތަކުން ސިފަވާނެއޭ މަސްތެއްގަވާހެން ލޯތަކަށް

 

ހެއްލިއްޖެނަމަ ދުނިޔެއަށް ފެންނަން މިހުރި މަދު ޒީނަތަށް

ގެއްލިއްޖެއޭ އާޚިރަށް ވިސްނާށެ ޣާފިލް ނުވެ އަޅުތަކުން

 

ހޭދަވެދާހާ ވަޤުތުތައް ބޭކާރު އެ ވާހަކަ ތަކުތެރޭ

ވޭހެއްޔެ ވަގުތެއް ކުޑަވިޔަސް ދީނުގެ ޢިލްމު ދަސްކޮށްލުމަށް

 

އުމުރުގެދުވަސް ތަކާމެދު ކުރެވޭނެއޭ އެދުވަހުން ސުވާލް

ޙާއްސަ ވެދެއޭ ޒުވާން އުމުރާ މެދަށް އަދި އެއް ސުވާލް   

 

ބިރުވެރި އެއީ ބޮޑު ދުވަހެކޭ ޢިލްމެއްގެ މަންފާއެއް ނުމެކުރޭ

ޢަމަލެއްނުވާނަމަ ހެޔޮކުރެވިފާ މިންޖެއްނެތޭ ހަމަހިލާ އަލިފާނަކުން

Comment here