ސަމާލު ކަމަށް

  މި ސެޝަން އިތުރު ކުރެވިފައި މިވަނީ ކޮންމެ ހުކުރު ދުވަހެއްގެ 10:00 ގައި ޖަމިއްޔަތުއްސަލަފް އާއި ސަން އެފް އެމް ގުޅިގެން ގެނެސްދޭ ޢިލްމީ ޚަޒާނާ ޕްރޮގްރާމް، މި ވެބްސައިޓަށް ރާއްޖެއިންނާއި ރާއްޖޭން ބޭރުން ޒިޔާރަތް ކުރައްވާ ބޭފުޅުންނަށް ފަސޭހަ ކަމާއި އެކު އަޑު އެއްސެވޭނޭ ގޮތެއް ﷲ ގެ ވާގިފުލާއި އެކު ހައްދަވާ ދެއްވުމުގެ ބޭނުމުގައެވެ. އެނގި ވަޑައި ގަންނަވާނޭ ފަދައިން ސަން އެފް އެމް ރޭޑިއޯ އަކީ ވަރަށް ގިނަ ވަޤުތު ލަވައާއި މިއުޒިކު ގެނެސްދޭ ރޭޑިއޯ ޗެނެލަކަށް ވުމާއި އެކު މިފަދަ އަޑުތަކާއި ދުނިޔެއާއި އާޚިރަތުގައި ތިމާއަށް މަންފާ އެއްނުކުރާ ވާހަކަ އަޑު އެހުމުގައި މި ދުނިޔެވީ ހަޔާތުގެ މި މަދު ދުވަސް ކޮޅު ބޭކާރު ކޮށްލުމަށް މި ސައިޓްގެ ބޭނުން ނުކުރެއްވުން އެދެމެވެ.