މަޙްރަމުން

މަޙްރަމުންނޭ ބުނެވެނީ، މުސްލިމް އަންހެނުންކުރެ ތިމާ ކައިވަނިކުރުންޙަރާމް އަންހެނުންނަށެވެ. މަޙްރަމުން

ބެހިގެންވަނީ ދެބަޔަކަށެވެ. އެއީދާއިމީގޮތުން ކައިވެނި ޙަރާމް އަންހެނުންނާއި، ވަގުތީ ގޮތުން ކައިވެނިޙަރާމް

އަންހެނުންނެވެ. މީގެ ތެރެއިން ދާއިމީގޮތުގައި ކައިވެނި ޙަރާމްއަންހެނުން ތިން ބަޔަކަށް ބެހެއެވެ. ތިރީގައި

މިވާ ތާވަލުގައި މިބައިތައްއެވަނީއެވެ.



މިބައިތަކުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

ހ. ދާއިމީގޮތުން ކައިވެނި ޙަރާމް އަންހެނުން.

ނަސަބުގެ ގޮތުން ކައިވެނި ހަރާމްވާ އަންހެނުން

ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގަތުގައި ނަސަބުގެ ގޮތުން ކައިވެނި ޙަރާމް އަންހެނުންނީ:

(1)
މަންމަ (މަންމައާއި ބައްޕަ ފަރާތު މާމައިންނާއި މުނިމާމައިން ކިތަންމެމައްޗަށް ދިޔަކަމުގައި ވިޔަސް

ބެލެވޭނީ މަންމައިން ކަމުގައެވެ.)

(2) އަންހެންދަރި (ތިމާއަށް ކާފަ، މުނިކާފަ ކިޔާ އަންހެންކުދީންކިތަންމެ ދަށަށް ދިޔަނަމަވެސް އަންހެން

ދަރީންގެ ތެރޭގައި ހިމެނޭނެއެވެ.)

(3) އުޙްތުން (ތިމާއާ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު އަންހެން ކުދިން)

(4) ބައްޕަ ފަރާތު ބޮޑުދައިތައިން

(5) މަންމަ ފަރާތު ބޮޑުދައިތައިން (ބައްޕަ ނުވަތަ މަންމަ އާ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ

އެއްބަނޑު އަންހެނުން ކިތަންމެ މައްޗަށްދިޔަ ނަމަވެސް ބޮޑުދައިތައިން ކަމުގައި ބެލެވޭނެ އެވެ.)

(6) އަޙްގެ އަންހެން ދަރީން (އަޙްގެ އަންހެން ދަރީންގެ އަންހެންދަރީންނާއި އަޙްގެ ފިރިހެން ދަރީންގެ

އަންހެން ދަރީން ކިތަންމެ ދަށަށްދިޔަނަމެވެސް ބެލެވޭނީ އަޙްގެ އަންހެން ދަރީން ކަމުގައެވެ.)

(7) އުޙްތުގެ އަންހެން ދަރީން (އަޙްތުގެ އަންހެން ދަރީންގެ އަންހެންދަރީންނާއި އުޙްތުގެ ފިރިހެން ދަރީންގެ

އަންހެން ދަރީން ކިތަންމެ ދަށަށްދިޔަނަމެވެސް ބެލެވޭނީ އުޙްތުގެ އަންހެން ދަރީން ކަމުގައެވެ.)

އެއްކިރު ބުއިމުން ކައިވެނި ޙަރާމްވާ އަންހެނުން

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ގޮތުގައި ނަސަބުގެ ފަރާތުންކައިވެނި ޙަރާމް އެންމެންނާ އެއްކިރު

ބުއިމުގެ ސަބަބުނެވެސް ކައިވެނިޙަރާމްވާނެއެވެ.