އިސްލާމީޢަޤީދާ ވަރުގަދަކުރުމަށް ހުޅުވުނުދޮރު ބަންދުވުމުގެ ރަނގަބީލު ޖަހަންފެށީބާ



 
އިސްލާމްދީނަކީ ޤިޔާމަތަށް ދާންދެން މަންސޫޚް ވުމެއްނެތް އެންމެ މޮޑަރންދީނެވެ. ދުނިޔޭގައި އޮތް ސަމާވީ ދީންތަކުގެތެރެއިން އެންމެ ފަހުންބާވާލެއްވި ދީނެވެ. އިސްލާމްދީނަކީ ސަމާވީ ހުރިހާ ދީންތަކުގެ އެންމެފަހުގެ އެންމެ ބެސްޓް ކަލެކްޝަނެވެ. ޤިޔާމަތަށް ދާންދެން ބަދަލެއްނާންނޭހެން ޝަރީޢަތާއި ޙުކުމްތައް ބަޔާންވެގެންވާ ދީނަކީ އިސްލާމްދީނެވެ. ޢިލްމާއި ޢަޤީދާއާއި އިޖުތިމާޢީ ޢަދާލަތުގައި ދެވަނައެއް ނެތް ދީނަކީއިސްލާމް ދީނެވެ. މުޅިދުނިޔެދުށް އެންމެ ޢިލްމީ އެންމެ އަދަބީ ފޮތަކީކީރިތި ޤުރުއާނެވެ. އިންސާނީ ޙައްޤާއި ހަމަހަމަކަމުގެ ޤާނޫނަކީވެސްއިސްލާމްދީނެވެ. މާތް ﷲ އިސްލާމްދީން ވަނީ ފުރިހަމަ ކުރައްވާފައެވެ. ﷲފުރިހަމަ ކުރައްވާފައިވާ އެއްޗެއްގައި ކުޑަވެސް އުނިކަމެއްނުހުންނާނެއެވެ. އެހެން ވީއިރު އިސްލާމްދީން ކޮޑިފައި ކޮށް މޮޑިފައިކޮށްހެދޭނީ ކާކަށްހެއްޔެވެ.

މިހާރަކަށް އައިސް ދީނީ ޙުކުމްތައްމޮޑަނައިޒްކުރާ ވާހަކައާއި އިސްލާމީ ޝަރީޢާގައި ޒަމާނަށް ނުފެތޭ ކަންކަންހުރިކަމަށް ބުނާ މީހުން އެބަފެނެއެވެ. ތިމާގެ ޢިލްމާއި ބުއްދީގައިނެތްކޮންމެ ކަމަކީ ނެތް ކަމަަކަށް ނުވާނެއެވެ. އިންސާނާޚަލްޤުކުރައްވާފައިވަނީ އެއް އިޖުރާތަކުންކަމަށްވިޔަސް ކޮންމެ މީހަކީތަފާތު މީހެކެވެ. ވިސްނުމާއި ޢިލްމީޤާބިލުކަމާއި އުޅުމާއި ގުޅުމުގައިމުޅިން އެއްގޮތް ދެމީހަކު ނެތްކަމީ ޙަޤީޤަތެކެވެ. އެއް އުސްތާޛެއްގެގާތުން އެއްފޮތަކުން އެއްގަޑިއެއްގައި ކިޔަވައިގެން ނިކުންނަ ދެކުއްޖެއްގެޢިލްމީޤާބިލުކަމާއި ވިސްނުންވެސް މުޅިން އެއްގޮތެއް ނޫނެވެ. އެހެންކަމުންދެމީހަކުކުރާ ކަމެއް ކުރާގޮތުގައި މުޅިން އެއްގޮތްނުވުމަކީއެކަށީގެންވާކަމެކެވެ. ދީނީކަންކަމުގައިވެސް މިކަން އޮތީ މިހެނެވެ. ދެއިލްމުވެރިޔަކު ކަމެއްގައި ނެރޭފަތުވާއެއްގައި ތަފާތެއް ހުރުމަކީ ދީނުގެއުނިކަމެއް ނޫނެވެ.

އެންމެ މޮޑަން ދީނަކީއިސްލާމްދީންކަމަށްވެފައި، މޮޑަރން ދުނިޔޭގައި އިސްލާމްދީނަށްވުރެތަހުޒީބު ނިޒާމެއް ނެތްކަން ނަޞާރާއިންނާއި ޔަހޫދީންނާއި ބުޑިސްޓުންނާއިހިންދޫންނަށްވެސް އެނގިތިބެ ދުނިޔެއިން އިސްލާމްދީން ފުހެލަންޣައިރުމުސްލިމުން އަބަދުވެސް މަސައްކަތްކުރެއެވެ. އެގޮތުން ސައްތައިންސައްތަ މުސްލިމް ޤައުމެއް އޮތަނުދިނުމަށް، ރާއްޖޭގައި އިސްލާމީ ޢަޤީދާބަލިކަށިކުރުމަށް ބަޔަކު މަސައްކަތްތަކެއް ނުކުރާދުވަސްވަރެއް ނުދެއެވެ. ނުވަވަނަ ހަސަން ރަސްގެފާނު ނަޞާރާދީނަށް ވެންނެވި ވެންނެވުން މީގެހެއްކަކަށް ފުދެއެވެ. ދުނިޔޭގައި ހުރިހާ ޒަމާނެއްގައިވެސް އެބަޔަކުގަބޫލުކުރާ ދީނަކަށް ވީހާގިނަބަޔަކު ވެއްދުމަށް ފިކުރީ ހަނގުރާމަކުރެއެވެ. ޔަހޫދީންނާއި ކްރިސްޓިއަނުންނާއި މުސްލިމުންނޫނަސް ކިތަންމެ ކިތަންމެބަޔަކު އެބަޔެއްގެ ދީން ކުރިއަށްނެރެ އެދީނަކަށް މީހުންވައްދާން ގިނަގުނަމަސައްކަތްކުރެއެވެ. އިސްލާމްދީނަށް ގޮވާލުމާއި އިސްލާމުދީނަށް މީހުންގެހިތްޖެއްސުމަށް އިސްލާމީ ތާރީޚްގެ ކުރީކޮޅު ގިނަގުނަ މަސައްކަތްތަކެއްދުނިޔޭގެ އެތަންމިތާ މުސްލިމުން ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އޭސިޔާއާއިޔޫރަޕްގައި އިސްލާމްދީން ފެތުރިގެން ދިޔައެވެ. އެގޮތުން ސްޕޭން(އަންދަލުސް) އިސްލާމީ ޤައުމެއްގެ ގޮތުގައި އެތައް ސަތޭކަ އަހަރަކުއޮތެވެ. ބޯލްކަން ސަރަހައްދާއި ރޫސީ ވިލާތުގައި މުސްލިމުންގެ ބޮޑެތިއާބާދީތައް ފެތުރުނެވެ. އިންޑިޔާއާއި އިންޑޮނޭސިޔާފަދަ ޤައުމުތަކުގައިއިސްލާމުން އިންތިހާދަރަޖައަށް އިތުރުވެގެން ދިޔައެވެ. ދުރާލާވިސްނާތިބެދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން އިތުރުވަމުން ދާދިޔުން ހުއްޓުވުމަށްޒަޔަނިސްޓް ހަރަކާތް އުފަންކުރުވިއެވެ. ކްރިސްޓިއަން ފައްޅިތަކުގެ ބޭރަށްދީންނެރެ މުސްލިމުން ޣައިރުދީނަށް ވެއްދުމުގެ ޚާއްޞަ މަސައްކަތްތަކެއްޔަހޫދީންނާއި ކްރިސްޓިއަނުންގުޅިގެން ފާޅުކަން ބޮޑުގޮތެއްގައި ހިންގަންފެށިއެވެ. ތަފްސީލްތަކަށް ދިޔުމުގެ ބޭނުމެއްނެތެވެ. ސްޕޭނުން އިސްލާމްދީން ފުހެލީ މިކަހަލަ ފިކުރީ ހަނގުރާމައެއްގައެވެ. އިޖުތިމާޢީޙަރަކާތްތަކުގައާއި އިޤްތިޞާދީމަސައްކަތްތަކުގެ ތެރެއިންނާއި ތަޢުލީމީމަންހަޖުގެތެރެއިން ޢަޤީދާ ފާސިދު ކުރުމުގެ ނަތީޖާއަކަށް ވެގެންދަނީއިސްލާމީ ޢަޤީދާ ބަލިކަށިވެ މަގުފުރެދުމެވެ.

އިހުގައި ރާއްޖޭގައިހޭލުންތެރިކަން ހުރި ގޮތުންނާއި ތަޢުލީމީ ހާލަތުހުރިގޮތުން ޝަހުޔޫނީންގެމަޅީގައި ދިވެހިން ޖެއްސުމަކީ މާފަސޭހަކަމަކަށް ނުވެއެވެ. އިހުގައި ދީނުގެނަމުގައި ޚުރާފާތުގެ ގޮތްގަނޑު ބޮޑުކޮށްލާފައި އޮތް ނަމަވެސް ދިވެހިންނަށްއިސްލާމްދީން ވަރަށް މުހިންމެވެ. ކުރިޔާއި ޚިލާފަށް މިއަދު ދިވެހިންގެތެރެއަށް އެއްވެސް ހުރަހެއްނެތި ލާދީނީ ކަންކަން އެތެރެވުމުގެ ދޮރުތަންމިނަށް ވަނީ ހުޅުވިފައެވެ. އެއްވެސް ފުރޭނުމެއްނެތި ލާދީނީފިކުތުތައްވަދެ ވަކި ހިއްޕާލުމުން ދިވެހިންގެ ދީނީ ޢަޤީދާ ދުވަހެއްދުވަހަކަށް ދަނީ ބަލިކަށިވަމުންނެވެ. އެކަމާމެދު ވިސްނާ ފިކުރު ކުރާނެބަޔަކު ނެތެވެ.

އިންޓަނޭޝަނަލް ސްކޫލުތަކުގެ ނަމުގައި ޤާއިމުކުރެވޭސްކޫލުތަކުގެ މަންހަޖުގައި އިސްލާމީ ޢަޤީދާ ވަރުގަދަ ކުރުމަށްއިސްކަންދީފައިވަނީ ކިހަވަރަކަށްތޯ ބެލެނީ ކިހާވަރަކަށްބާވައެވެ. ހިލޭސާބަހަށް މަސައްކަތްކުރާ ދުނިޔޭގެ ޖަމްޢިއްޔާތަކުން އިސްލާމީވެއްޓެއްއޮތުމަށް ބާރުއެޅަނީ ކިހާވަރަކަށްތޯ ބެލޭބާވައެވެ. ލައިބްރަރީތަކާއި ރިސޯސްސެންޓަރުތަކާއި ޒާތްޒާތުގެ އެކުވެނިތަކުންފޯރުވާދޭ މަޢުލޫމާތާއި ކުރާކަންކަމުގައި އިސްލާމީ ތަރުބިއްޔަތު ހިމެނެނީކިހާވަރަކަށް ކިހިނެތްތޯ ބެލޭބާވައެވެ. ރާއްޖޭގެ ސްކޫލްތަކުގައިކިޔަވާދެވެނީ އިސްލާމީ ތަރުބަވި ނިޒާމަކުންތޯ ބެލޭބާވައެވެ.

1960
ގެއަހަރުތަކުގައި ރާއްޖޭގެ ސްކޫލުތަކުގައި އިގިރޭސިތަޢުލީމުދޭން ފެށުމާއެކުޤުރުއާނާއި އިސްލަމި ތަރުބިއްޔަތު މާއްދާއެއްގެ ގޮތުގައި ކިޔަވަދިނުމުގައިފަރުވާކުޑަކުރުމުގެ ނަތީޖާއަކަށްވީ އެދުވަސްވަރު ކިޔަވައިގެން ނިކުތްގިނަކުދިންގެގައިގާ އިސްލާމީ ތަރުބިއްޔަތު ނެތިގެންދިޔައެވެ. ހިނާތާހިރުވެނަމާދު ޞައްޙަކޮށް ކުރެވޭވަރުގެ ދަރިވަރަކު މަދުންނޫނީ ނެތިދިޔައެވެ. ދުނިޔަވީ ތަޢުލީމަށް އެދަރިވަރުން ކިތަންމެހާވެސް މޮޅެވެ. ނަތީޖާއެއްގެގޮތުން އެދަރިވަރުންނަށް ތަޢުލީމުގެ ދޮރު ހުޅުވިގެން ދިޔައީ ޔޫރަޕާއިޖަޕާނާއި އޮސްޓްރޭލިޔާ ފަދަަ ޤައުމުތަކުންނެވެ. ހުނޅަގުގެ ލާދީނީނިޒާމުތަކަށް ބައްޓަންވެފައިވާ މަންހަޖުތަކުން ދަރިވަރުވެގެން އައިސްދައުލަތުގެ ސިޔާސަތު ކަނޑައަޅާ ހިސާބުގައި ރުކުރުވާލުމުގެ ނަތީޖާއަކަށްވީއިސްލާމީ ޢަޤީދާ ބަލިކަށިވާންފެށުމެވެ. ސްޕޭން ނަޞާރާވެ ތުރުކީ އިލްމާނީދައުލަތަކަށް ބަދަލުވެގެން ދިޔަހެން ރާއްޖެއަކީ ޟަމީރުގެ މިނިވަން ބަޔަކުއުޅޭ ޤައުމަކަށް ބަދަލުވެ ކޮންމެމީހަކަށްވެސް އެމީހަކު ބޭނުންދީނަކަށްއުޅެ އެދީނަކަށް ގޮވާލުމުގެ މިނިވަންކަން ލިބިފައިވާ ތަނަކަށް ހަދަންއެފިކުރުގެ މީހުން ހުއްޓާނުލާ މަސައްކަތްކުރެވެއެވެ.

މައުމޫނު ވެސްއެންމެ ބިރުގަންނަނީ ދީނީ ޢިލްމުވެރިން ދެކެއެވެ. މައުމޫނުގެ ވެރިކަމުގައިދީނީ ޢިލްމުވެރިންނަށް ނަސޭޙަތްދެވެނީވެސް ކިޔަވައިގެން މާލެއައިސްކިޔެވިއެއްޗެއް ހަނދާންނެތޭހަދުވަހު ހުރުމަށްފަހުގައެވެ. ހުކުރުޚުޠުބާގައި ކޔަންޖެހެނީވެސް ބަލަފާސްކޮށްފައިހުންނަ ޢިބާރަތްތަކެކެވެ. ޢިލްމުވެރިއަކަށް އޭނާބޭނުން މައުޟޫއަކަށް ދީނީ ދަރުސްތަކެއް ނުދެވެއެވެ. އިސްލާމްދީނުގެ ޢިލްމާއިގުޅޭ ފޮތްތައް ފާސްކުރަންޖެހެއެވެ. ސްކޫލުތަކުގައިނަރަކައިގެ ބިރުވެރިކަމުގެ ވާހަކައެއް ކިޔަވައެއް ނުދެވެއެވެ. މިހެންގޮސްއިސްލަމްދީނަށް އުޅުމާ ދީން އުގަންނާދިނުމަކީ މާބޮޑުކަންތައްގަޑަކަށްއޮންނަނީ ހަދާފައެވެ. މައުމޫނުގެ ވެރިކަންވެއްޓި ދީނީޢިލްމުވެރިންނަށްކުރިންފާސްކުރުމަކާނުލާ ހުޠުބާކިޔުމުގެ ހުއްދަ ލިބިގެން ދިޔުމާއެކު އެކަންއެގޮތަށް ނުކުރުމަށް ރައީސް ނަޝީދަށް މައުމޫނު ލަފާދީފިކަމަށް ރައީސްނަޝީދު ވިދާޅުވުމުން ސިއްސައިގެން ދިޔައެވެ. އަދި މައުމޫނާއިގުޅިގެންރައީސް ނަޝީދުވެސް އެކަމުގެ އިންތިޒާމްކުރަން ޤަސްދުކުރައްވާ ކަމަށްވިދާޅުވުމުން އަނެއްކާ ރާއްޖޭގައި އިސްލާމްދީން ފަތުރާޢަޤީދާވަރުގަދަކުރުމަށް ހުޅުވުނުދޮރު ބަންދުވާކަމުގެ ރަނގަބީލުޖަހަންފެށީބާވައެވެ.

 

Comment here