އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލެވޭއަޑު ގަދަވަނީ!اللّـهُأَكْبَرُ.

 
   ސުބްޙާނަހޫ ވަތަޢާލާ އިންސާނުން މިބިންމަތީގައިލައްވަވާފައިވަނީ އެބައިމީހުންނަށް އެންމެއެކަށޭނޭ އެންމެ ފުރިހަމަ ޝަރީޢަތާއިއެކީގައެވެ. އެޝަރީޢަތަކީ ދުނިޔެއާއި އާޚިރަތުގެޙަޔާތް ބާއްޖަވެރިކުރަން އެދޭ ކޮންމެ މީހަކަށްއޮތް ހަމައެކަނި ޙައްލެވެ. އެހެންނަމަވެސްހިތާމައަކީ މިއަދު އަޅުގަނޑުމެން މުސްލިމުންކަމުގައި ދަޢުވާކުރާ ބަޔަކު މިފަދަ ފުރިހަމަޝަރީޢަތަކަށް ފުރަގަސްދީ އިންކާރުކޮށް،އިންސާނުން އަތުން ކޮށާ މަށާ ހަދާފައިވާއެއްވެސް ދިއުޅިއެއް ނުވާ، ދެކޮޅު ނުޖެހޭ،މުޖްތަމަޢުގައި ދުވަހަކަށްވުރެ ދުވަހަކަށްކަންތައްތައް ހަލާކާއި ފަސާދައިގެ ތެރެއަށްގެންދާ ނިޒާމަކަށް މިސްރާބު ޖަހާފައިވާކަމެކެވެ.

   ކޮންމެއަކަސް މިއަދު މުޅި އިސްލާމީ ދުނިޔެއަށްބަލާލި ކަމުގައި ވިޔަސް ފެންނަން މިއޮތީ، އެތައްޒަމާންތަކެއް ނުވަތަ އަހަރުތަކެއް ވަންދެން،މުސްލިމުން އެމީހުންގެ މައްޗަށް ބާއްވާލާފައިވާޝަރީޢަތް ދޫކޮށް އަމިއްލަ ގޮތްތައްޚިޔާރުކުރުމުގެ ސަބަބުން އަޅުގަނޑުމެންމުސްލިމުން ނިކަމެތި ބަލިކަށި ބައެއްގެ ގޮތުގައިވެފައި ވަނިކޮށެވެ. އާރެއް ބާރެއް ނެތް އަމިއްލަމިނިވަންކަން ގެއްލިފައިވާ، ކުފުރުގެ ޠާޣޫތީދައުލަތްތަކަށް އަޅުވެތިވެފައިވާ ބައެއްގެގޮތުގައި ވެފައިވާތަނެވެ.

ފަހެ މުސްލިމުން އެމީހުންގެ ގޮތަށް އެނބުރިރުޖޫޢަވާނީ ކޮން އިރަކުތޯއެވެ؟ މިއުއްމަތުގެއެންމެ ޢަދުލުވެރި އެންމެ މާތް އެއް ބޭކަލަކުކަމުގައިވާعُمَرُالفاروق، އާދެعُمَرُبُنُالْخَطَّابُرضياللهعنهވިދާޅުވެފައިވާ މިއަގުހުރި ބަސްފުޅުގައިއަޅުގަނޑުމެންނަށް ޢިބްރަތެއް ނެތީހެއްޔެވެ؟މިބަސްފުޅަކީ މިއުއްމަތުގެ އަމީން،أَبُوعُبَيْدَةبُنُالْجَرَّاحُرضياللهعنه، ޝާމްކަރައަށް ދަތުރުފުޅު ކުރެއްވި ވަޤުތުعُمَرُبُنُالْخَطَّابُرضياللهعنهއެކަލޭގެފާނަށް ވިދާޅުވި ބަސްފުޅެކެވެ.

"إِنَّاكُنَّاأَذِلَّقَوْمٍفَأَعَزَّنَااللهُبِالإِسْلاَمِفَمَهْمَانَطْلُبُالْعِزَّبِغَيْرِمَاأَعَزَّنَااللهُبِهِأَذَلَّنَااللهُ " وَفِىرِوَايِةٍ"إِنَّاقَوْمٌأَعَزَّنَااللهُبِالإِسْلاَمِفَلَنْنَبْتَغِىالعِزَّبِغَيْرِه" (أَخْرَجَهُالحَاكمْوصححهالألباني).

މާނައީ: "އިރެއްގައި އަހުރެމެންނަކީ އެންމެ ނިކަމެތިމީހުން ކަމުގައި ވީމެވެ. ދެންފަހެ، އިސްލާމްދީނުގެ ސަބަބުން ﷲ އަހުރެމެންޢިއްޒަތްތެރި ކުރެއްވިއެވެ. ދަންނައެވެ. ﷲތަޢާލާ ޢިއްޒަތްތެރި ކުރެއްވިކަންތައް ނޫން ކަމަކުން އަހުރެމެން ޢިއްޒަތްއެދެފިނަމަ، ﷲ އަހުރެމެން ނިކަމެތިކުރައްވާނެއެވެ." އަދި އެހެން ރިޥާޔަތެއްގައިވެއެވެ. "އަހުރެމެންނަކީ އިސްލާމްދީނުގެސަބަބުން، ﷲ ތަޢާލާ ޢިއްޒަތްތެރި ކުރެއްވިބައެކެވެ. ފަހެ ހަމަ އެފަރާތުން މެނުވީއަހުރެމެން ޢިއްޒަތްތެރިކަން ނޭދޭ ހުށީމެވެ."މިއެވެ.

ހަމަކަށަވަރުންعُمَرُرضياللهعنهއެވިދާޅުވި ބަސްފުޅުގައި އެވަނީ ހަމަތެދުފުޅެވެ. އެހެނީ، އިސްލާމުން ﷲގެ ޢިއްޒަތްވަންތަކަމުންޢިއްޒަތްތެރިކަން ހޯދައިގެން އުޅުނު އިރުއެމީހުންވީ މުޅި ދުނިޔޭގައި ތިބި އެންމެޢިއްޒަތްތެރިން ކަމުގައެވެ. އަދި އެހެނިހެންމީސްތަކުންވެސް އެބައިމީހުންނަށް (ޔަޢްނީއިސްލާމުންނަށް) މާތްކޮށް ހިތިއެވެ. ބޮޑެތިޖައްބާރުން އެބައިމީހުންނަށް ބޯލަނބައިކިޔަމަންތެރި ވެއެވެ. ދެން ފަހެ އިސްލާމުންތިމާމެންގެ ޢަދާޥާތްތެރިންނަށް އިތުބާރުކޮށްއެމީހުންގެ އާދަކާދަތަކާއި އަދި އެމީހުންގެތަޤްލީދް ތަކަށް އެދި، އަދި އެކަންކަން ރީތިވީ ހިނދުން ނިކަމެތިވީއެވެ.ތިމާމެންގެ މައްޗަށް އެހެންމީހުން އިހާނާތް ވާންފެށީއެވެ. އެއްވެސް މީހަކަށް އިންކާރު ނުކުރެވޭހިސާބަށް މިއަދު މިއޮތީ އެކަން ގޮސްފައެވެ.

   ކޮންމެއަކަސް މިފަދަ އަނދިރި ހިތްދަތިވަޤުތެއްގައި އަޅުގަނޑުމެން އިސްލާމީ އުންމަތްހޭދަކުރަމުން ދަނިކޮށް، އިވެންފެށި އަޑުތަކުންހިތްތަކަށް ދިރުން ގެނުވައި ހިތްތަކަށްބުނަންވެސް ނޭނގޭ ކަހަލަ އުފާވެރިކަމެއްވެރިވެއްޖެއެވެ. ނިވެމުންދިޔަ ދީނުގެ ނޫރަށްއަލިކަމާއި ފުރިހަމަކަން އަންނަކަމުގެއިޙްސާސްތައް ކުރެވެން ފަށައިފިއެވެ. ކުރިމަގުއަމާންވެ އުޖާލާވާނެ ކަމާއިމެދު އުއްމީދުތައްއާލާވެއްޖެއެވެ.

އާދެ އެއަޑަކީ އެވާހަކަތަކަކީ، އެނިޒާމެއްގެއެހީގައި މިއަދު މުޅި ދުނިޔޭގައި ހަންފަތުރާއަޅުވެތިކުރަމުންދާ ޝިރުކުގެ މިޑިމޮކްރަސީނިޒާމް ފޫއަޅުވާލައި އިސްލާމީ ޝަރީޢަތްއުދަރެހަށް ފާޅުވެ އަލިވިލުނު ވާހަކައެވެ.ފާއިތުވެ ދިޔަ މަދު އަހަރުތަކެއްގެ ތެރޭގައިއިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމަށް އެދިގޮވަމުން އެދިޔަ ގޮވުންތަކާއި އަދި އެތައްމުސްލިމު އަޚުންނާއި އުޚްތުންތަކެއް ވަމުންދިޔަޤުރުބާނީތަކާއި ކުރަމުން ދިޔަ ޖިހާދުގައިއުއްމީދުގެ ހުޅުކޮޅު ރޯވެ އެކަމަށް ދިރުންލިބުނު ވާހަކައެވެ.اللّـهُأَكْبَرُ.

އާދެ އަފްޣާނިސްތާނުގައި އިސްލާމީ ޝަރީޢަތްތަންފީޛު ކުރަމުން ދިއުމުން އެކަމަކީ ދުނިޔޭގައިމިހާރު އޮތް އެންމެ ބޮޑު ޝައިޠާނީދައުލަތްކަމުގައިވާ އެމެރިކާއަށް ކެތްވާވަރުގެކަމަކަށް ނުވިއެވެ. މުސްލިމުން ބާރު ގަދަވެއެމީހުންގެ އަޅުވެތިކަމުން މުސްލިމުން ނިކުމެބާރު ހޯދައިފާނެކަމުގެ ބިރަށް، ދޮގު ބުހުތާނުތަކާއި އިލްޒާމުތައް އަޅުވައި އެތަން އެދަނީތަޅާ ސުންނާފަތި ކުރަމުންނެވެ. ޙަޤީޤަތަކީއެކަމުގެ ސަބަބުން ވަރަށް ގިނަ މުސްލިމުންގެލޯތައް ޖާހިލުކަމުގެ ނިދިން ހޭލައްވާލުމެވެ.ނަތީޖާއަކަށް ވެގެން ދިޔައީ ކުރިއަށްވުރެވެސްބޮޑަށް އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމަށްގޮވާލެވޭ ގޮވާލުމުގެ އަޑު ގަދަވެ އެކަމަށްމަސައްކަތް ކުރާ މީހުން އިތުރުވެގެން ދިއުމެވެ.

މިގޮތުން ދާދި ފަހުން އަޅުގަނޑުމެންނަށް ޚަބަރުލިބިގެން ދިޔައީ ޕާކިސްތާނުގެ ސްވާތު ވާދީސަރަޙައްދުގައި އިސްލާމީ ޝަރީޢަތް ތަންފީޛުކުރަން ފެށި ޚަބަރެވެ. ހަމަޔަޤީނުންވެސް އެއީއެކަމަށްޓަކައި މަސައްކަތްކޮށް ޤުރުބާންވީއެތައް ބަޔަކު ކުރި ބުރަ މަސައްކަތުން ލިބުނުފޮނި ނަތީޖާއެވެ. އެމީހުން އެކަމަށްޓަކައި ކުރިބުރަ މަސައްކަތުންނާއި އެސަރަޙައްދުގެމީސްތަކުން އިސްލާމީ ޝަރީއަތަށް އެދިފެންބޮވައިގެންފައިވުމުގެ ނަތީޖާއަކަށްވީޕާކިސްތާނުގެ މިހާރުގެ ސަރުކާރަށްވެސްއެމެރިކާއާއި ހުޅަނގުގެ ޤައުމުތައްބޭނުންވާގޮތަށް ދީލާލާން ނުކެރި އެކަމާއިއެއްބަސްވާން ޖެހުމެވެ.اللّـهُأَكْبَرُ.

ހަމައެއާއި އެކު ދެން އަޅުގަނޑުމެންނަށްއަޑުއިވިގެން ދިޔައީ ސޯމާލިޔާގައި އިސްލާމީޝަރީޢަތް ތަންފީޛު ކުރަން އެތަނުގެ ބަރުލަމާނުން (ޕާލަމެންޓުން) ނިންމި ވާހަކައެވެ. އާދެބަރުލަމާނުގެ ހުރިހައި މެމްބަރުންގެ (340މެމްބަރުންގެ) އިއްތިފާޤުންނެވެ. އާދެއެތަނުގައި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރަންމަގުފަހިވެގެން ދިޔައީ ކީއްވެގެންތޯއެވެ؟ވިސްނާލެއްވުން ހުއްޓެވެ. 2006 ވަނަ އަހަރުގައިއެތަނުގައި އޮތް ފަސާދަވެފައިވާ ސަރުކާރާއިއިދިކޮޅަށް ހަތިޔާރު ހިފައިގެން ދީނީޝެއިޚުންނާއި ދީނަށް ލޯބިކުރާ ވަރަށް ގިނަޢަދަދެއްގެ ބަޔަކު ނުކުމެ އެތަނުގެ ވެރިކަންކުރާ ރަށާއި އެނޫންވެސް ވަރަށް ގިނަ ރަށްތައްއެމީހުންގެ ބާރުގެ ދަށަށް ގެނެސް އެތަނުގައިއިސްލާމީ ޝަރީޢަތް ތަންފީޛު ކުރަން ފެށިއެވެ.ނަތީޖާއަކަށް ވެގެންދިޔައީ ދިހަ ބާރައަހަރުވަންދެން ފަސާދަވެފައިވާ އެއްވެސް އާރެއްބާރެއް ނެތް ސަރުކާރެއް އޮތުމުގެ ސަބަބުންރައްޔިތުންނަށް ގެއްލިފައިވާ ޙައްޤުތައް ލިބިމިނިވަންކަމާއިއެކު ނުކުމެ އެމީހުންގެބާޒާރުތަކާއި މަގުތަކުގައި އުޅުމުގެ ފުރުޞަތުލިބިގެން ދިއުމެވެ. އޭގެ ސަބަބުން އާރާއި ބާރުގެބޭނުންކޮށްގެން އެކިއެކި ޤަބީލާތަކާއިޖަމާޢަތްތަކުން ފޭރިގެންފައިވާ ރައްޔިތުންގެޙައްޤުތައް އަނބުރައި ލިބި، ރައްޔިތުންދިރިއުޅެމުންދިޔަ ބިރުވެރި ކަމުންސަލާމަތްވެގެން ދިޔައެވެ. މިޚަބަރު އެދުވަސްވަރުސީއެންއެން ބީބީސީ ބެއްލެވި ބޭފުޅުންނަށްވެސް،އެޕްރޮޕެގެންޑާގެ މީޑިއާތަކުންވެސް ވާނީއަޑުއިވިފައެވެ.

ކޮންމެއަކަސް އިސްލާމީ ޝަރީޢަތް ތަންފީޛުކުރުންމަތީ އެމީހުންނަށް ތިބެވުނީ އެންމެހައެއްކަ މަސް ދުވަހުއެވެ. އެތަނުގައި ކުރީގައިއޮތް ފަސާދަވެފައިވާ ސަރުކާރުން ދުނިޔޭގެ ކާފަރުދައުލަތްތަކުގެ އެހީއާއި އެކު އެޤައުމުތަކުންލަޝްކަރުތައް ގެނެސް އިސްލާމީ ލަޝްކަރު ފަހަތަށްޖައްސައި އަލުން އެޤައުމުގެ ބާރު އެމީހުންގެއަތްމައްޗަށް ގެނައެވެ. ނަތީޖާއަކަށްވެގެންދިޔައީ ކުރީގެ ޙާލަތަށް ރައްޔިތުންއަނެއްކާވެސް ވެއްޓިގެން ދިއުމެވެ. އެޤައުމަށްއަރާ ތިބި އިތިއޯޕިއާއާއި އަދި އެނޫންވެސްޤައުމުތަކުގެ މީހުން ދިޔައީ ޓެރަރިސްޓުންނާއިހަނގުރާމަ ކުރުމުގެ ނަމުގައި ބޮޑެތި ޖަރީމާތައްހިންގައި އަންހެނުންނާއި ކުޑަކުދިންގެޢިއްފަތްތެރިކަން ފޭރެމުންނެވެ. ޤައުމުގެ ހުރިހާރައްޔިތުން ކަހަލަ ގޮތަކަށް އެވެރިކަމާއިއެޤައުމަށް އަރާތިބި ލަޝްކަރުތައް އެޤައުމުގައިތިބުމަށް ނޭދޭއިރުވެސް، ވެރިންނަށް ތިބި މަދުބައެއްގެ އަމިއްލަ އެދުންތަކެއް ފުރިހަމަކުރުމަށްޓަކައި ފަގީރުކަމާއި ހަނގުރާމައާއިކުރިމަތިލާން ޖެހިފައިވާ އެޤައުމު ދިޔައީއިތުރަށް ތަޅާ ސުންނާފަތި ކުރަމުންނެވެ. ﷲގެރަޙްމަތުން އެނުބައިވެރީންތަކުގެ ކަސްތޮޅުންނެއްޓި މިހާރު އެތަން މިސްރާބު ޖަހާފައި އެވަނީއިސްލާމީ ޝަރީޢަތާއި ދިމާލަށެވެ. ކޮންމެއަކަސްމިއީ އެއްވެސް ގުޑުމެއް ނެތި ޘާބިތުކަމާއިއެކުއިސްލާމީ ޝަރީޢަތް ތަންފީޘު ކުރުމަށްޓަކައިޖިހާދު ކުރަމުން ދިޔަ އަަދި މިހާރުވެސްކުރަމުންދާ މުސްލިމު ޒުވާނުންތަކެއްގެ ބުރަމަސައްކަތްތަކުގެ ފޮނި މޭވާކަމާއިމެދަކުއެއްވެސް ޝައްކެއް ނެތެވެ.

އެހެންނަމަވެސް ހިތާމައަކީ މިއަދުވެސްއަޅުގަނޑުމެންގެ މުސްލިމުންގެ ތެރެއިން އެތައްބަޔަކު، ކާފަރުންގެ ޕްރޮޕެގެންޑާ ފަތުރާ ޚަބަރުފަތުރާ ވަޞީލަތްތަކުގެ ދަންތުރައިގާ ޖެހިއިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލައިގަދައަޅާ މަސައްކަތް ކުރަމުންދާ ފަރާތްތަކަކީހައްދުފަހަނާޅާފައިވާ ޓެރަރިސްޓުން ކަމުގައިހަދައި، ނޫންނަމަ ޚަވާރިޖުން ކަމުގައި ހަދަމުންދާ ކަމެވެ. އަދި މީގެވެސް އެންމެ ހިތާމަހުރީމިދަންތުރައިގާ ދީނީ ޢިލްމުވެރިންގެ ގޮތުގައިތިއްބެވި ބައެއް ބޭފުޅުންވެސް ޖެހިފައިވާކަމެވެ. އެފަދަ ހުރިހާ ފަރާތްތަކަށް އަޅުގަނޑުގޮވާލާ ބުނަމެވެ. މިއަދު އަޅުގަނޑުމެންގެއިސްލާމީ އުއްމަތުގެ ވާޤިޢުއާއި ޙާލަތަށްރަނގަޅަށް ނުވިސްނަވައި ކުފުރުގެ ބޮޑުންގެޕްރޮޕެގެންޑާގައި ޖެހިވަޑައި ނުގަންނަވާށެވެ.

ރަނގަޅެވެ. އަޅުގަނޑުވެސް އެއްބަހެވެ. އިސްލާމީޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލައި އެކަމަށްމަސައްކަތް ކުރަމުންދާ މީހުންގެ ކިބައިގާވެސްމައްސަލަތަކެއް އެބަ ހުއްޓެވެ. އެއީ އެކަންވާނޭވެސް ގޮތެވެ. އިލާހީ ޤާނޫނަކީވެސް އެއީއެވެ.ފަހެ ތިޔަބޭފުޅުން މިއަންނަނި ސުވާލުތަކަށްއަޅުގަނޑަށް ޖަވާބު ދެއްވަދޭށެވެ.

-  ކުށް ނުވަތަ ބޮޑެތި ފާފަތައް ހުރިކަމުގައިވީނަމަވެސް ރަނގަޅީ، އިސްލާމީ ޝަރީޢަތް ތަންފީޛުކުރުމަށް ގޮވާލާ މަސައްކަތް ކުރާ މީހުންހެއްޔެވެ؟ ނޫންނަމަ ﷲ ތަޢާލާގެ ޙުކުމްފުޅުތައްހިތުހުރިގޮތަކަށް ބަދަލުކޮށް މިޒަމާނުގައިމިގޮވާ ޝިރުކުގެ ނިޒާމް ކަމުގައިވާޑިމޮކްރަސީއަށް ގޮވާލާ މީހުން ހެއްޔެވެ؟

-  ވެރީންނަށް ތިބި މީހުން އިސްލާމީ ޝަރީޢަތްއުވާލާ އެމެރިކާއާއި ހުޅަނގުގެ ޤައުމުތައްރުހޭނޭހާއި ގޮތަކަށް ދީނާއި ޚިލާފް ޙުކުމްތައްހަދައި މުސްލިމުންގެ މައްޗަށް ތަންފީޛުކުރަމުންދާއިރު އެފަދަ ވެރީންތައް ވެރިކަމުންބޭލުވުމަށްޓަކައިއެފަދަ މީހުންނާއި އިދިކޮޅަށް ޖިހާދު ކުރެވިދާނޭހެއްޔެވެ؟

-  ކާފަރު ޠާޣޫތީ ޝައިޠާނީ ދައުލަތްތަކުން،މުސްލިމު ޤައުމުތަކަށް އަރައިގަނެ،އެޤައުމުގަކުގައި ނަޞާރާދީނާއި އެނޫންވެސްދީންތައް ފަތުރަން މަސައްކަތްކޮށްފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއިމުސްކުޅިންގެ ޢިއްފަތްތެރިކަން ފޭރިގަނެ،އެމީހުން މަރާ އެމީހުންގެ ގެދޮރު ތަޅާސުންނާފަތި ކުރަމުންދާއިރު، އެފަދަ ކާފަރުދައުލަތްތަކަށް މިހަނގުރާމައިގާ އެހީތެރިވެދޭޤައުމުތަކުގެ ވެރީންނަށް ރުހި އެމީހުން ބުނިހައިގޮތެއް ހަދައިގެން އެމީހުންގެ ވެރިކަންދިފާޢުކޮށްކާފަރު ދައުލަތްތައްވެސް ރުހޭނޭހައި ގޮތަކަށްފަތުވާދީ ހަދަން އަދިވެސް އަޅުގަނޑުމެންތިބެންވީތޯއެވެ؟

-  ފަހެ މިނިކަމެތި ކަމުގައި އާރެއް ބާރެއް ނެތި،އަދި ބާރު ހޯދަންވެސް މަސައްކަތް ނުކޮށްއިސްލާމީ ޝަރީޢަތް މިބިންމަތިން ފޮހެލަންއެމެރިކާއާއި ހުޅަނގުން ތައްޔާރުކޮށްފައިތިބި، ދޮވެލެވިފައިވާ ސިކުނޑިތަކުގެ ވެރިވެރީންތަކަށް ކިޔަމަންވެ ކުރުނީސްކުރުމުގައިއަޅުގަނޑުމެން ކިހާދުވަހެއް ވަންދެކަށްތިބެންވީތޯއެވެ؟

ކުރަން ހުރި ސުވާލުތައް ކިތަންމެހައިވެސްގިނައެވެ. އެހެންނަމަވެސް މިވަރުންވެސްބުއްދިވެރިއަކަށް ފުދޭނެއެވެ. ފަހެ ދުނިޔެއަޅުގަނޑުމެންގެ ލޯމައްޗަށް ދައްކަމުން މިދާޙަޤީޤަތް ޤަބޫލުކޮށް، އިސްލާމްދީނަށް ލިބެމުންމިދާ ނަޞްރުގައި ކޮންމެވެސް މިންވަރަކަށްޝާމިލްވެ ބައިވެރިވާ މީހެއްކަމުގައި ވާންއަދިވެސް ނުވަނީހެއްޔެވެ؟ ކޮންމެއަކަސް މިކަމުގެޙަޤީޤަތް ދުވާލުގެ އިރުފަދައިން ސާފުކޮށް،ކީރިތި ޤުރުއާނުގައި ބަޔާންވެފައިވެއެވެ. ﷲތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

"يَسْأَلونَكَعَنِالشَّهْرِالْحَرَامِقِتَالٍفِيهِقُلْقِتَالٌفِيهِكَبِيرٌوَصَدٌّعَنْسَبِيلِاللَّهِوَكُفْرٌبِهِوَالْمَسْجِدِالْحَرَامِوَإِخْرَاجُأَهْلِهِمِنْهُأَكْبَرُعِنْدَاللَّهِوَالْفِتْنَةُأَكْبَرُمِنَالْقَتْلِوَلايَزَالُونَيُقَاتِلُونَكُمْحَتَّىيَرُدُّوكُمْعَنْدِينِكُمْإِنِاسْتَطَاعُواوَمَنْيَرْتَدِدْمِنْكُمْعَنْدِينِهِفَيَمُتْوَهُوَكَافِرٌفَأُولَئِكَحَبِطَتْأَعْمَالُهُمْفِيالدُّنْيَاوَالآخِرَةِوَأُولَئِكَأَصْحَابُالنَّارِهُمْفِيهَاخَالِدُونَ" (البقرة:217)

މާނައީ:"ޙުރުމަތް ވެގެންވާ މައްސަރުތަކުގައި ހަނގުރާމަކުޅައުމަކީ ކޮންކަހަލަ ކަމެއްތޯ އެއުރެންކަލޭގެފާނާއި ސުވާލު ކުރެތެވެ. ކަލޭގެފާނުވިދާޅުވާށެވެ. އެމައްސަރުތަކުގައި ހަނގުރާމަކުޅައުމަކީ ބޮޑުވެގެންފާ ފާފައެކެވެ. އެކަމަކުގެ މަގުން މީސްތަކުން ދުރުކުޅައުމާއި،އެކަލާނގެއަށް ކާފިރުވުމާއި،ޙުރުމަތްތެރިވެގެންވާ މިސްކިތަށްވަނަނުދިނުމާއި، އެތާނގެ އަހުލުވެރީން އެތަނުންނެރެލުމުގެ ފާފަވެރިކަން ﷲގެ ޙަޟްރަތުގައި މާނުބައިކަން ބޮޑުވެގެންވެއެވެ.އަދި ޤަތުލުކުރުމަށްވުރެ ފިތުނަވެރިކަމުގެ (އެބަހީ ޝިރުކުގެ) ނުބައިކަން މާބޮޑެވެ. އަދިއެއުރެންނަށް ވެގެން ވަނީނަމަ، ތިޔަބައިމީހުންގެދީނުން ތިޔަބައިމީހުން ބޭރުކޮށްފުމަށް ދާންދެންތިޔަބައިމީހުންނާއި ހަނގުރާމަ ކުރުމުގައިއެއުރެން ނެތިނުދާނެއެވެ.(އެބަހީ ހަނގުރާމަ ކުރުމުގައި ދެމި ތިބޭނެއެވެ.)ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ،ކާފަރަކު ކަމުގައިވާ ޙާލު މަރުވާ މީހުންނީދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައްބާޠިލްވެ ގޮސްފައިވާ މީހުންނެވެ. އަދިއެއުރެންނީ ނަރަކައިގެ އަހުލުވެރީންނެވެ.އެއުރެން އެނަރަކައިގާ އަބަދަށް ދެމިތިބޭހުއްޓެވެ."

 -ނިމުނީ-

_____________________________________________________

. މިޕެރެގްރާފް ނަގާފައިމިވަނީالعلامةالشيخمحمدزكرياالكندهلويގެ "وجوبإعفاءاللحية - ތުނބުޅި ދިގުކުރުމުގެ ވާޖިބުކަން"މިފޮތުގެ ދިވެހި ތަރުޖަމާއިންނެވެ.

from dheenee-news