غرباء– ބީރައްޓެހީން

ليسالغريبهوالذىفارغالديارودعالآن

ބީރައްޓެއްސަކީ އެމީހެއްގެ ގެއާއި އަނބިދަރިން ދޫކޮށްފައި ދާމީހެއްނޫނެވެ.

ولكنالغريبهوالذىيجدوالناسمنحولهيلعبون

އެހެނެއްކަމަކު ބީރައްޓެއްސަކީ، އެމީހެއްގެ ވަށައިގެން މީސްތަކުން ކުޅިމަޖަލުގައި އުޅޭއިރު (ދީނުގެ) ކަންތައްތަކުގައި ގަދައަޅާ މަސައްކަތްކުރާ މީހާއެވެ.

ويصحووالناسمنحولهينامون

އަދި އެމީހެއްގެ ވަށައިގެންވާ މީސްތަކުން ނިދާފާވާއިރު ހޭލާ (ރޭއަޅުކަމުގައި) ހުންނަ މީހާއެވެ.

ويسلكدربالخيروالناسفيضلالهميتخططون

އަދި މީސްތަކުން އެމީހުންގެ އެމަގުފުރެދުމުގައި ބިންވަޅުނެގި ހަލާކުވެ ދާއިރު، އެންމެ ހެޔޮ މަގު ޚިޔާރު ކުރި މީހާއެވެ.

وصدقالشاعراذيقول

ފަހެ ޅެންވެރިޔާ ބަޔާންކުރާ ފަދައިން، އެއީ ހުސް ތެދެވެެ.

قاللىصاحباراكغريبا

އަހަރެންގެ ރަޙްމަތްތެރިއަކު އަހަންނަށް ބުންޏެވެ. "އަހަންނަށްް ތިބާ ފެންނަނީ ބީރައްޓެއްސެއްގެ ގޮތުގައެވެ.

بينهذاالأنامدونخليل

އަދި މިމީސްތަކުންގެ ތެރޭގައި ތިބާ ތިޔަވަނީ ގާތް ރަޙްމަތްތެރިއަކުވެސް ނެތިއެވެ."

قلتكلا! بلالأنامغريبانافيعالموهذهسبيلى

އަހަރެން ބުނީމެވެ. "ހަމަހިލާ އެހެނެއް ނޫނެވެ. އެހެނެއްކަމަކު މީސްތަކުންނަކީ އެއީ ބީރައްޓެހީންނެވެ. އަހަރެން މިވަނީ ދުނިޔޭގައި (ޙައްޤުގެ މަގުގަ) އެވެ. އަދި މިއީ އަހަރެންގެ މަގެވެ."

هذاهوالغريب

ފަހެ ބީރައްޓެއްސަކީ މިއީއެވެ.

غريبعندالعابثينمنالبشر

މަލާމާތްކޮށް ފުރައްސާރަ ކުރާ މީހުންގެ ކައިރީގައި ބީރައްޓެހީން ކަމުގައިވާ މީހުންނެވެ.

ولكنهعندربهفيمقامكريم

އެހެނެއްކަމަކު އޭނާގެ ރައްބުގެ ޙަޟްރަތުގައި އޭނާ ވަނީ މަތިވެރިވެގެންވާ މަޤާމެއްގައެވެ.

***********//**************//**************//***********

غرباء ... غرباء ... غرباء ... غرباء

ޣުރަބާ ...ޣުރަބާ ... ޣުރަބާ ... ޣުރަބާ (ބީރައްޓެހީން).

غرباءولغيراللهلانحنيالجباه

އަހަރެމެންނަކީ ބީރައްޓެހީންނެވެ. އަހަރުމެން ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ބޯނުލަނބާނަމެވެ.

غرباءوارتضيناهاشعاراللحياه

އަދި އަހަރެމެންގެ ދިރިއުޅުމުގެ ޙަޔާތުގެ ޝިޢާރެއްކަމުގައި (ނަމެއް ކަމުގައި) 'ބީރައްޓެހިން' ހަދައި އެއަށް ރުހިއްޖައީމެވެ.

إنتسلعنافإنالانباليبالطغاه

ތިބާ އަހަރެމެން ގާތު އަހައިފިކަމުގައިވާނަމަ (އަހަރުމެން ބުނާނަމެވެ)، ފަހެ އަހަރުމެން ނުބައި ނުލަފާ ވެރީންނަކަށް (އެމީހުން ދައްކާ ވާހަކައަކަށް ނުވަތަ ކުރާ ކަމަކަށް) ފަރުވާލެއް ނުބަހައްޓަމެވެ.

نحنجنداللهدوماًدربنادربالأباه

ފަހެ އަހަރުމެންނަކީ ﷲގެ މަގުގައި ފޯރިމަރާ އެއިލާހުގެ ޖުނޫދުން (ހަނގުރާމަވެރީން) ނެވެ. އަދިއަހަރުމެންގެ މިމަގަކީ މަތިވެރިވެގެންވާ އަދި ޝަރަފް ލިބިގެންވާ މަގެކެވެ.

لننباليبالقيودبلسنمضيللخلود

އަހަރުމެންގެ ގައިގާ ކަސްދޮޅު އަޅުވައި ހައްޔަރު ކުރިއަސް، އެއަކަށް ފަރުވާލެއް ނެތެވެ. އެހެނެއްކަމަކު އަހަރުމެންގެ ގޮތުގައި އަބަދުވެސް އަހަރުމެން ޘާބިތުވެ ދެމިތިބޭނަމެވެ.

فلنجاهدونناضلونقاتلمنجديد

ފަހެމުޅިން އާފެށުމަކުން އަނެއްކާވެސްއަލުން ޖިހާދުކޮށް ހަނގުރާމަކޮށް ޤިތާލުކޮށް ހަދާނަމެވެ.

غرباءٌهكذاالأحرارفيدنياالعبيد

އަޅުންގެ މިދުނިޔޭގައި ބީރައްޓެހިންނަށް މިނިވަންކަންވަނީ މިހެންނެވެ.

كمتذاكرنازماناًيومكناسعداء

އަހަރުމެން އުފާވެރިކަމުގައި ހޭދަކުރި ދުވަސްތައް ހަނދާންވަނީ ކިހާވަރަކަށް ހެއްޔެވެ.

بكتاباللهنتلوهصباحاًومساء

ފަހެ ހެނދުނާއި ހަވީރު ﷲ ތަޢާލާގެ ފޮތުން އަހަރުމެން އެ ކިޔަވަމެވެ.

غرباء ... غرباء ... غرباء ... غرباء

ޣުރަބާ ... ޣުރަބާ ... ޣުރަބާ (ބީރައްޓެހިޔާ)

 

قالرسولاللهصلىاللهعليهوسلم :" بدأالاسلامغريباوسيعودغريباكمابدأفطوبىللغرباء"

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. "އިސްލާމްދީން ފެށިގެން އައީ ބީރައްޓެހި ކޮށެވެ. އަދި އެދީން ފެށުނު ގޮތަށް، އަލުން އެނބުރި ބީރައްޓެހިކަމަށްރުޖޫޢަވާނެއެވެ. ދަންނައެވެ.ބީރައްޓެހިންނަށް އުފާވެރިކަން ހުއްޓެވެ."