ޑޮކްޓަރ އަފްރާޝީމް ރައީސް މައުމޫނަށް ފޮނުވާފައިވާސިޓީ ލިޔުމުގެ ފަހަތުގައި

  ހައްޤު ހޯދައި އިސްލާހުވާން އެދޭނަމަ... ނަފްސް އިސްލާޙް ކުރާށެވެ



އެއްވެސް ޝައްކެއްނެއްގޮތުގައި މިއަދު މިދިވެހިރާއްޖެ މިވަނީ ދީނީ ގޮތުން ވަރަށް ވެސް ދަށުދަރަޖައަކަށް ވެއްޓިފައެވެ. ޒުވާންޖީލުގެ ގޮތްތައްވަނީ ކްރިސްޓިއަން ވެފައެވެ. ހަމަ އެކަނި މުސްލިމު ނަމެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްވެސް ހުކުމެއް ބާވައި ނުލައްވާ ކަހަލައެވެ. ނަމަވެސް މިދަރަޖަ އަށް މިފަދަ އިސްލާމި މުޖްތަމަޢުއެއް ދާނަޖެހިފައިވަނީ ވަރަށްވެސް ގިނަބަޔެއްގެ އިޙްމާލުންކަން ކަށަވެރެވެ. ޤައުމުގެ އިސްވެރިންނާއި މައިން ބަފައިންނާއި ސްކޫލުތަކުގެ ދައުރު އޭގެ ފުރިހަމަ ގޮތުގައި އިސްލާމީ އުސޫލުން ހިންގިފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ނަމަވެސް މިކަމުގައި އެއްމެ ބޮޑު އެއްހުރަކަށް ވެފައިވަނީ ރާއްޖޭގައި ތިބި ދީނީ ޢިލްމުވެރިންނަށް އިސްލާމްދީނުގެ ހުކްމް ތަށް ބުނެދިނުމުގައި ހުރަސްތަކެއް ކުރިމަތިވެފައި ވެއެވެ. އެއްބައި މިހުންނަށް ބޮޑެތި އަނިޔާތަށް ލިބި ޖަލުގައި ތަފާތު ގެއްލުންތަށް ދީފައިވެއެވެ.

އެއަށްފަހު މިހާރު ގައުމަށް ކުރިމަތި ވެފައިވަނީ ސެކިއުލަރިޒަމް ގެ ނުރައްކަލެވެ. ސެކިއުލަރ ވިސްނުމުގެ މީހުން ތަފާތު ޔުނިވާސިޓީ ތަކުން ކާފިރުންގެ ކިބައިން ތަރުބިއްޔަތުވެގެން އައިސް ދިވެހިރާއްޖޭގެ ޒުވާންޖީލުގެ ފިކުރާކުލެމުންގެންދަނީއެވެ. ހަރާމްކުރެވިފައިވާ މިއުޒިކާ ލަވައިގެ އަވައިގައި ޖައްސައިގެން ﷲ ސުބުޙާނަހު ވަތަޢާލާގެ ހަނދުމަކުރުމާ ޙާއްސަކޮށް ނަމާދު ކުރުމާ މީސްތަކުން ދުރުކުރަނީ އެވެ.

އަދި އަނެއްބަޔަކު އިސްލާމްދީނުގެ "ބޮޑެތި" ސެޓްފިކެޓްތަށް ހިފައިގެން އައިސް ﷲ ސުބްހާނަހު ވަތަޢާލާގެ އާޔަތްތަށް ކުޑަ އަގެއްގައި ވިއްކަނީ އެވެ. މާތްވެގެން ވާ ސަޙާބީންނަށް ހަޑިހުތުރުބަސްތަށް ރައްދު ކުރަނީއެވެ.

ޑރ. އަފްރާޝީމަކީ އެމީހެއްގެ ވާހަކަތަކުގެ ނުރައްކާތެރިކަންބޮޑު ކަމުން ނަންހާމަ ކޮށްލަން ކޮންމެހެންވެސް ޖެހިފައިވާ ބޭފުޅެކެވެ. އެތައްބަޔަކު އަފްރާޝީމަށް ނަސޭހަތްދިނުމުންވެސް އޭނާވަނީ އޭނާގެ މުޑުދާރު އަޤީދާ ދޫނުކޮށްލާފައެވެ.

މިބޭފުޅާ ކިޔަވަން ހުރިދުވަސްވަރު އޭރުގެ ރަޢީސުލް ޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވާފައިވެއެވެ. އެސިޓީގައި އިސްލާމްދީނުގައި އަންހެނުންނަށް ޤައުމުގެ އިސްމަޤާމު ދިނުން ހުއްދަނޫން ކަމުގައި ބުނެފައިވެއެވެ. އަދި އެކަމާ އުއްމަތުގެ ޢިލްމުވެރިން އިއްތިފާޤްވެފައި ވާކަމަށް ބަޔާންކޮށް އެތައް ޢިލްމުވެރިންނެއްގެ ނަން ވެސް ބަޔާން ކޮށްފައި ވެއެވެ. އެހެން ނަމަވެސް ކިޔަވާ ނިންމުމަށްފަހު މާލެ އައިސް މަޤާމު ލިބުމުން ، މަޤާމުދިންފަރާތް ރުހޭގޮތަށް މިވާހަކަ ތައްވަނީ އަނބުރާލާފައެވެ. ޓީވީ.އެމް ގައި ވާހަކަ ދައްކަމުން އަންހެނުންނަށް ވެރިކަންކުރެވޭނެ ކަމަށް ވާހަކަ ދައްކާ ފައި ވެއެވެ. ދުނިޔޭގެ މަދު ފައިސާކޮޅަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ އާޔަތްތައް ވިއްކާލުމަކީ މިއީ އެވެ. އެހެންކަމުން އެންމެހާ ދީނީ ޢިލްމުވެރިންވެސް ޙައްޤު ބަސް ބުނެ ޤައުމު އިސްލާހުކުރަން މަސައްކަތް ކުރުން މުހިއްމެވެ.

ﷲސުބްހާނަހޫ ވަތަޢާލާ ގެ ވަޙި ބަސްފުޅުގައި ވެއެވެ. ...فَلَاتَخْشَوُاالنَّاسَوَاخْشَوْنِوَلَاتَشْتَرُوابِآيَاتِيثَمَنًاقَلِيلًا...(އަލްމާއިދާ44)"........ ފަހެ ތިޔަބައިމީހުން މީސްތަކުންދެކެ ބިރު ނުގަންނާށެވެ. ތިމަންރަސް ކަލާންގެ ދެކެ ބިރު ގަންނާށެވެ. އަދި ތިމަންރަސްކަލާން އާޔައްތަކަށް ކުޑަ އަގެއް ތިޔަބައިމީހުން ނުގަންނާށެވެ..." އަދިވެސް ވަޙީ ކުރައްވައެވެ. فَوَيْلٌلِّلَّذِينَيَكْتُبُونَالْكِتَابَبِأَيْدِيهِمْثُمَّيَقُولُونَهَـٰذَامِنْعِندِاللَّهِلِيَشْتَرُوابِهِثَمَنًاقَلِيلًا ۖفَوَيْلٌلَّهُممِّمَّاكَتَبَتْأَيْدِيهِمْوَوَيْلٌلَّهُممِّمَّايَكْسِبُونَ(ބަޤަރާ79) "އެމީހުންގެ އަމިއްލަ އަތްތަކުން ﷲ ސުބްޙާނަހު ވަތަޢާލާގެ ފޮތް(ބަދަލުކޮށް) ލިޔެ މިއީ މާތްރަސްކަލާންގެ ހަޟްރަތުން ބާވައިލެއްވުނު ފޮތެކޭބުނާމީހުންނަށް ހަލާކާއި ހިތާމަ ހުއްޓެވެ. އެބައިމީހުން އެކަންކުރަނީ މަދުވެގެންވާ އަގެއް އެއަށް ގަތުމަށެވެ. އެބައިމީހުން އަމިއްލަ އަތުން ލިޔުނުތަކެތިންވެސް އެބައިމީހުންނަށް ހަލާކާއި ހިތާމަ ހުއްޓެވެ. އަދި އެބައިމީހުން އެހޯދާގަތް ތަކެތިންވެސް އެބައިމީހުންނަށް ހަލާކާއި ހިތާމަ ހުއްޓެވެ." އަދި ވެސް ވަޙި ކުރައްވައެވެ.  أُولَـٰئِكَالَّذِينَاشْتَرَوُاالْحَيَاةَالدُّنْيَابِالْآخِرَةِ ۖفَلَايُخَفَّفُعَنْهُمُالْعَذَابُوَلَاهُمْيُنصَرُونَيُنصَرُونَ (ބަޤަރާ 86)" އެބައިމީހުންނަކީ އާޚިރަތަށް ދުނިޔޭގެ ދިރިއުޅުން ގަނެއުޅޭބަޔެކެވެ. އެބައިމީހުންގެ ޢަޒާބު ލުއި ނުކުރެވޭހުއްޓެވެ. އަދި އެމީހުންނަށް ނަސްރެއްވެސް ނުލިބޭ ހުއްޓެވެ."


އަފްރާޝީމް ގެ ސިޓީ
File Size: 1398 kb
File Type: pdf
Download File