ނަޞޯރާޔަކު އިސްލާމްދީން ޤަބޫލުކުރުން

މީހަކު އިސްލާމްދީނުން ނަޞާރާދީނަށް ބަދަލުވުމުގާ އެމީހަކަށް ދިމާވި ހާދިސާ އެއްކަމަށް ބުނަމުން އަންނަނީ ހުވަފެނެއް ފެނުމެވެ. އެ ހުވަފެނުގާ އެމީހަކަށް ޢީސާގެފާނު ފެނި ، މިފަދަ ކަންތައްތަކެއް ދިމާވުމުން ކްރިސްޓިއަން ދީން އެމީހުން ޤަބޫލު ކުރަނީ ކަމަށް އެމީހުން ބުނަމުން އާދެއެވެ. އެގޮތުން ދިވެހި ރާއްޖޭގެ ބައެއް ޒުވާނުންވެސް އެމީހުންގެ އަޑުން އެމީހުންނަށް ކްރިސްޓިއަން ދީނަށް ވަނުމަށް މެދުވެރިވި ސަބަބުތައްކަމަށް ބުނެ ، ތަފާތު ހުވަފެންތަކުގެ އޯޑީއޯ އިންޓަރނެޓަށްލާފައި ހުރެއެވެ. މީގެ ޙަޤީޤަތައްވިސްނާލާފި ނަމަ މިއީ ދިވހިންގެ ތެރެއިން ބަޔަކު ، ދިވެހި ޒުވާނުން މަގުފުރެއްދުމަށް ހިންގާ ޕްރޮޕެގެންޑާ އެއްކަން ދޭހަވެއެވެ. ސަބަބަކީ ދިވެހި ބަހުން ތައްޔާރު ކޮށްފައި ހުންނަ މިފަދަ އޯޑިއޯ ތަކުގައި ވާ ވާހަކަތައް ހަމަ މިގޮތައް އެއްވެސް ތަފާތެއްނެތި އިނގިރޭސި ބަހުން، އިނގިރޭސިއަކަށް ފެނުނު ހުވަފެނެއްކަމަށް ބުނެ އިންޓަރނެޓަށްލާފައި އެބަ ހުރެއެވެ. ސަމާލުވާން ޖެހޭކަމަކީ ޢީސާގެފާނު އައިސް ފާފަފުއްސަވާދޭތަން ހުވަފެނަކުން އަދި ފެނުނަސް އެކަލޭގެފާނު އެއީ ކަލާންގެ ކަމަށް ޤަބޫލު ކުރާކަށް ނުވެސް ޖެހެއެވެ. ބޯ ހަމަނުޖެހޭ މޮޔަޔަކު ނޫނީ އެފަދަ ކަމެއް ނުކުރާނެއެވެ. އެހެން ކަމަށް ވާނަމަ ހުވަފެނަކުން ހަރުފައެއް އައިސް ފާފަ ފުއްސަވާދޭތަން ފެނުމުން ހަރުފައަށް އަޅުކަން ކުރަންވީތޯއެވެ.؟ މީ މިއަދުގެ ޒުވާނުން ވަރަށް ބޮޑަށް ސަމާލު ވެތީބޭންޖެހޭ ކަމެކެވެ. ނަޞޯރާއިން ގެ ރޭވުންތަށް ވަރަށްވެސް ނުރައްކާވެފަ އޮޅުވާލުން ބޮޑެވެ. ޢީސާގެފާނަކީ ކަލެއްކަމަށް އެކަލޭގެފާނު ދަޢުވާ ނުކުރައްވާކަން ވަރަށް ސާފްކޮށް ބައިބަލް އިންވެސް އެނގެން އޮތްއިރު އަދި އެއްވެސް އުސޫލެއް ހަމައެއްނެތި މިއަދު ނަޞާރާއިންގެ ފާދިރީން އެމީހުންގެ އަތުން ބަދަލު ކޮށްފައިވާ ބައިބަލް ގައި ހަމަ ނުޖެހޭ އެތައްކަމެއް ފެންނަން އެބަ އޮތެވެ. އަދި ދެ ޤައުމެއްގައި ގެންގުޅޭ ބައިބަލް އެއްވެސް ދިމައެއްނުވެއެވެ. ޝައްކެއްވެސް ނެއްގޮތުގައި މުސްލިމުންގެ އަޤީދާގައި ޢީސާގެފާނަކީ ﷲގެ ރަސޫލެކެވެ. މުހިއްމު ނުކުތާ އަކީ ނަޞޯރާއަކު ނުވަތަ އެހެންވެސް ދީނެއްގެ މީހަކު އިސްލާމް ދީން ޤަބޫލް ކުރަނީ ، އިސްލާމް ދީން ރީތިވެ އެދީނުގެ މަތިވެރިކަމާ ރިވެތި އަޚްލާޤު ފެނި ގެން ކަން އަދި އެބައިމީހުން ގެ ބާތިލް ދީންތަކުގެ ހުތުރުކަމާއި ހަމަ ނުޖެހޭ ކަން އެމީހުންނަށް ހާމަ ވުމުންނެވެ. މިއީ ހަޤީޤަތެވެ.

 

How do I join the largest family of over 1.5 BILLION?